ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ފަހި ދުވަސް މިމަހު 16 ގައި

ގައޮމީ ޔުނިވަސިޓީ އެމްއެންޔޫ -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފަހި ދުވަސް މިމަހު 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި އެދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަޑު 8:00 އިން 10:00 އަށެވެ.

މިހަރަކާތަކީ އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކުން ލިބެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ހަރަކާތެކެވެ.

އެމްއެންޔޫއިން ބުނީ އޭލެވެލް ނިންމާ މަތީތައުލީމު ހާސިލުކުރަން ބޭނުންވާ ޒުވާނުންނަށް "ފަހި ދުވަސް"ގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޔޫގެ ކޯސްތަކަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910