ތޮއްޑޫ

އެމްއެންޔޫގެ ފެކަލްޓީއެއް އަޅަން ތޮއްޑޫ އިން ބިމެއް ހަމަޖައްސައިފި

އެމްއެންޔޫ އަށް ތޮއްޑޫ އިން ހަމަޖެއްސި ބިން ހަވާލުކުރުމުގެ އެއްބަސްވުން ބަދަލުކުރަނީ -- ފޮޓޯ: އެމްއެންޔޫ
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް އަޅަން އއ. ތޮއްޑޫ އިން ބިމެއް ހަމަޖައްސައިފި އެވެ.

މި ފެކަލްޓީ އަޅަން ތޮއްޑޫ ކައުންސިލުން 80،000 އަކަފޫޓުގެ ބިމެއް އެމްއެންޔޫ އާ ހަވާލުކުރީ ބުރާސްފަތި ދުވަހު އެވެ.

މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒެވެ. ތޮއްޑޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު ކަރަމެވެ.

މި ފެކަލްޓީގައި ހަތަރު ޑިޕާޓްމަންޓެއް ގާއިމުކުރާނެ ކަމަށް އެމްއެންޔޫ އިން ބުނެފައިވެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ހޯޓިކަލްޗާ އާއި ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓާ މެނޭޖްމަންޓް އާއި ޑިޕާޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކްލޮނޮޖީ އަދި ޑިޕާޓްމަންޓް އޮފް ޕްލާންޓް ޕްރޮޓެކްޝަން އެވެ.

ޝެހެނާޒް ވިދާޅުވީ އެގްރިކަލްޗާ ފެކަލްޓީގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ފެކަލްޓީގައި ޒަމާނީ ވަސީލަތްތަކާއި ލެބޯޓްރީ ގާއިމުކުރާނެ ކަމަށް އެމްއެންޔޫ ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910