ޓެކްނޯލޮޖީ

ޗައިނާގެ ސްމާޓްފޯން މާކެޓް ކޮވިޑްގެ ކުރިން ހުރި ވަރަށް

ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުން އޮބިނޯންނަ ވަރަށް ފެބްރުއަރީގައި ޝިޕްމަންޓްތައް ބޭރު ކޮށްފި އެވެ. ޗައިނާ އެކަޑަމީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (ސީއޭއައިސީޓީ) ބުނީ މިއީ ކުރީ އަހަރަށް ވުރެ ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ.

ޗައިނާގައި ކޮވިޑްގެ ކުރިން ސްމާޓްފޯނަށް އޮތް ޑިމާންޑާ އެއްވަރަށް މިހާރު ޑިމާންޑް ވަނީ އުފުލިފަ އެވެ. ސީއޭއައިސީޓީއިން ބުނީ އެމެރިކާއިން ޗައިނާއަށް ދަތި ކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ކުރީ ކޮޅުގައި އެނގުންވި ނަމަވެސް އުނދަގޫ މަރުހަލާތައް ނިމި ގޮސް މާކެޓް ހަމައަކަށް އެޅެނީ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީގައި 21.3 މިލިއަން ޔުނިޓް ޝިޕް ކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި 2019 ގައި 14.9 މިލިއަން ޔުނިޓް ޝިޕްކުރެވިފައި ވާއިރު 2020 ގައި ބޭރުކުރެވުނީ 6.3 މިލިއަން ޔުނިޓް ކަމަށެވެ.

ސްމާޓްފޯން ޝިޕްމަންޓްތަކަށް އެންމެ ބޮޑަށް އަސަރުކުރީ 2020 ގައި ކޮވިޑާ ހެދި ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. ޗައިނާގެ އިގްތިސޯދު ހަމައަށް އެޅުމުގެ ކުލަވަރު 2020 ގެ ފަހު ކުއާޓަރުގައި ފެންނަނ ފެށި ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމެރިކާ ސަރުކާރު ޑޮނަލްޑް ޓްރަމްޕް ހިންގެވިއިރު ޗައިނާއަށް ސެމީކޮންޑަކްޓަރު ހޯދަން ދަތިވި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އެގޮތުން ޗައިނާގައި ސްމާޓްފޯން އުފައްދާ ހުރިހާ ކުންފުނިތަކަށް އެއުނދަގޫ ޖެހުނު ކަމަށެވެ.

ޗައިނާއިން މިހާރު މަސައްކަތް ކުރަނީ އެމެރިކާއަށް ބަރޯސާ ނުކޮށް ސްމާޓްފޯން ކުންފުނިތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. ސްމާޓްފޯން ކުންފުނިތަކަށް ބޭނުންވާ ޗިޕްތައް ޑިޒައިންކޮށް އުފެއްދުން އެ ގައުމުގައި ހަމަޖެއްސުމަށެވެ.