ޗައިނާގެ ސްމާޓްފޯން މާކެޓުން އެޕަލްއަށް ލައްކަ ފައިދާވެ އެވެ. މި ސަބަބަށްޓަކައި ޗައިނާ ސަރުކާރުން އެޕަލްގެ ކިބައިން ކަމަކަށް އެދިއްޖެ ނަމަ ފަޅިސިކުންތުގެ ތެރޭގައި އެކަމެއް އެގޮތަކަށް ކޮށް ނިންމާލަ އެވެ.
އެޕަލުން ޗައިނާގެ ވުހާންގައި މުޅިން އާ ސްޓޯރެއް ހުޅުވަނީ އެވެ. އެކަމަކު އެއީ ޗައިނާގައި އެޕަލް ސްޓޯރު މަދު ކަމަކުން ނޫނެވެ. އެޕަލްއަށް އިތުރު ފައިސާ ވަންނާނެ ގޮތްތައް ހޯދަނީ އެވެ.
ވުހާންގައި އެޕަލް ސްޓޯރެއް ހުޅުވުމަކީ ބިރުގަންނަ ވަރުގެ ކަމެއް ނޫނެވެ. ދުނިޔެއަށް ކޮވިޑް އުފަންވީ ޗައިނާގެ ވުހާނުން ކަމަށް ބުނުމުން އެޕަލް ސްޓޯރަށް ވުހާންގައި ހުޅުވަނީ ކީއްކުރަންތޯ ހިތަށް އަރާފާނެ އެވެ.
ކޮވިޑާ ގުޅިގެން ވުހާންއަށް އޮތީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފަ އެވެ. އެހެންކަމުން ވުހާން އޮންނަ ގޮތް ބަލާލަން ޗައިނާ ތެރެއިން ދަތުރުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ޗުއްޓީ ހޭދަ ކުރަން ޗައިނާގެ އެހެން އަވަށްތަކުން ވުހާނަށް ދަތުރުކުރާ މީހުން ވެސް އާދަޔާ ޚިލާފަށް އިތުރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެޕަލްއަކީ އަބުދުވެސް ފެން އޮންނަ ތަނަކަށް މަސްދާނެ ކަމަށް ބުނާ ފަދައިން މީހުން ގިނަ ގައުމުތަކުގައި/ އަވަށްތަކުގައި އިންވެސްޓްކުރާ ކުންފުންޏެކެވެ.
ކޮވިޑަށް ވުރެ ކުންފުންޏަށް ވަންނަ ފައިސާއިން މާބޮޑު މާނައެއް އެޕަލްއަށް ދޭހަވެ އެވެ. އެހެންކަމުން ވެހޭތަނުން ފެން ނެގުމަށް އެޕަލް ފޫގެޅީ އެވެ.
ޚަބަރުތައް ބުނާ ގޮތުން އެޕަލް ވުހާން ސްޓޯރަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ބިނާކުރާ ފިހާރައެކެވެ. އެތަނުން އެޕަލްގެ ހުރިހާ އުފެއްދުމެއް ލިބޭނެ ކަމަށްވެ އެވެ. އެހެން ނަމަވެސް އެއީ ޗައިނާ މާކެޓަށް ޚާއްސަ އާލާތްތަކެވެ.