ދުނިޔެ

އެޕަލް އައިފޯން 13 އިންޑިއާގައި އުފައްދަނީ

އެޕަލް އައިފޯން 13 އިންޑިއާގައި އަދި އުފައްދަނީ އިންޑިއާ ކަސްޓަމަރުންނަށް ވާވަރަށް ކަމަށް އެޕަލްއިން ބުނެފި އެވެ. އެޕަލުން ބުނާ ގޮތުން އައިފޯން 13 ނޫން މޮޑެލްތައް، އައިފޯން 12 އަދި އައިފޯން 11 ވެސް އިންޑިއާ ކަސްޓަމަރުންނަށް މިހާރު އުފައްދަނީ އިންޑިއާގަ އެވެ.

ޗައިނާ / ޓައިވާން ފޮކްސްކޮން ފެކްޓަރީގެ ގޮފިތައް އިންޑިއާގައި ވެސް ހުރީ ބިނާ ކޮށްފަ އެވެ. އެޕަލްއަށް އައިފޯން އެންމެ ގިނައިން އުފައްދައި ދެނީ ފޮކްސްކޮން، ޗައިނާއިންނެވެ. އެހެން ނަމަވެސް އެޕަލުން ބުނާ ގޮތުން މުސްތަގުބަލުގައި އިންޑިއާގައި އައިފޯން އުފައްދާ އަދަދު އިތުރު ކުރާނެ އެވެ.

އެޕަލުން އުންމީދު ކުރަނީ ޗައިނާއަށް ބަރޯސާ ކުރުން ކޮންމެވެސް ވަރަކަށް މަދު ކުރުމަށެވެ. އެޕަލް އުންމީދު ކުރާ ގޮތަށް އެކަން ވާން އޮތީ އިންޑިއާގައި އުފައްދާ އަދަދު އިތުރު ކޮށްގެންނެވެ. އަނެއްކޮޅުން އިންޑިއާގައި ފޯނު އުފެއްދުމުން އެޕަލްއަށް ފައިދާ ބޮޑު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމެރިކާ އިސްވެ ޗައިނާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން، ޗައިނާގައި އުފައްދައި އެމެރިކާއަށް އެތެރެކުރާ އިލެކްޓްރޯނިކް އާލާތްތައްކަށް ނަގާ ޓެކްސް، އެމެރިކާ ކަސްޓަމަށް ފެނިއްޖެ ހިނދެއްގައި ބޮޑުކުރެ އެވެ. މި ބިރުވެރި ކަމުން ސަލާމަތްވުމަށް އެޕަލްއަށް އޮތް ގޮތަކީ އެ ގައުމެއްގައި އެގައުމަކަށް ބޭނުންވާ ވަރަށް ފޯނު އުފެއްދުމެވެ.

އައިފޯން އުފައްދަން އެޕަލްއިން ގައުމުތައް ކަނޑައަޅާފައި ހުރިއިރު ސައުތު އެފްރިކާގައި ވެސް އަދި ފޯނު އުފައްދާނެ އެވެ. އެއީ ބައްރުގެ އާބާދީއަށް ބަލައި އަދި ޓެކުހުން ރެކެވެން ހުރި ބާގަނޑުތައް ހޯދައިގެން އެޕަލުން ކުރާ މަސައްކަތެކެވެ.