މޯލްޑިވްސް ޕޮލިސް ސާވިސް

އަބްދުއްރަހީމާއެކު އިދިކޮޅު އެއްވުމުން 24 މީހަކު ހައްޔަރުކޮށްފި

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް އިދިކޮޅުގެ ސަޕޯޓަރުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއިން 24 މީހަކު ހައްޔަރުކޮށްފި އެވެ.

އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އެދެ ޕާޓީގެ ކަައުންސިލް މެންބަރުންވެސް ހިމެނެއެވެ. ފުލުހުން ބުނީ 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ ދެ ހަފްތާގައިވެސް އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

މިއަދުވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް އިދިކޮޅުގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ކޮށްފައިވެއެވެ.

މިިދިޔަަ ހުކުރު ދުވަހު މުޒާހަރާގެ ތެރެއިން 38 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް ޖޫރިމަނާ ކުރުމަށްފަހު އެ މީހުން ވަނީ ދޫކޮށްލާފައެވެ.