މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައިފި

Mar 14, 2021

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތެއް ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

މަގާމަށް ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށެވެ. މަގާމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެ އެވެ.