ގައުމީ އިނާމް

ބުރާސްފަތި ދުވަހު ގައުމީ އިނާމަށް ހުުޅުވާލަނީ

Mar 16, 2021

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހު އިނާމާބެހޭ ކޮމިޓީން ހުޅުވައިލާނެ އެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުން އޮންނާނީ އެ ދުވަހުން ފެށިގެން މޭ މަހުގެ 27 އާ ހަމައަށެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް މިއަހަރު ހުޅުއްވައިލާނީ 33 ދާއިރާއަކުން ކަމަށެވެ.

މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުން ފަރާތްތަކާއި ކުންފުނި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ހުށަހަޅެ އެވެ.

ގައުމީ އިނާމު ދެނީ މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގަ އެވެ.