ޕީއެސްޖީ

ޕީއެސްޖީން ކުޅުންތެރިންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ނޯންޓްސް އާ ދެކޮޅަށް ޕީއެސްޖީން އާދިއްތަ ދުވަހުގެ ރޭ މެޗު ކުޅެމުން ދަނިކޮށް، ޕީއެސްޖީގެ އޭންހަލް ޑީ މާރިއާ އާއި ޑިފެންޑަރު މާކީނިއޯސްގެ ގެއިން ވައްކަން ކުރުމުން އެ ކުލަބުން ކުޅުންތެރިންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

ނޯންޓްސް އާ ދެކޮޅަށް ކުޅުނު މެޗުގައި، ޑިމާރީއާ ބަދަލު ކުރި އެވެ. އެ ބަދަލު ގެނައީ ޓެކްނިކަލް ބަދަލެއްގެ ގޮތަކު ނޫނެވެ. އެހެން ނަމަވެސް އޭނާގެ ގެއިން ވައްކަން ކުރުމުން އާއިލާ ބިރުވެރި ކަމެއްގައި ތިބުމުންނެވެ. ބަދަލު ކުރުމުން ޑީމާރިއާ ދަނޑުން ނުކުމެގެން ދިޔައީ ގެއަށެވެ. މާކީނިއޯސްގެ ގެއިން ވައްކަން ކުރީ އޭނާގެ ބައްޕަ ގޭގައި އުޅެމުން ދަނިކޮށެވެ.

އެ ދެ ކުޅުންތެރިންގެ ގެއިން ވައްކަން ކުރި މައްސަލަ ނާންޓްސްގެ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. އަދި ޕީއެސްޖީން ކުޅުންތެރިން ދިރިއުޅޭ ގޭގެ ކައިރީ ސެކިއުރުޓީން ވަނީ ބައިތިއްބާފަ އެވެ. ޓީމުގެ ސްޓާ ފޯވަޑުން ކަމަށް ކިލިޔަން އެމްބާޕޭ އާއި ނޭމާ ޖޫނިއާ ދަނީ އެ ދެ ކުޅުންތެރިންގެ ޕާސަނަލް ސެކިއުރިޓީންގެ ބޭނުން ކުރަމުންނެވެ.

ޕީއެސްޖީގެ ބައެއް ކުޅުންތެރިން ދިރިއުޅޭ ގެތަކަށް މީގެ ކުރިން ވެސް ވަގުން ވަނީ ގެއްލުން ދީފަ އެވެ. މައުރޯ އިކާޑީ އާއި ސާޖިއޯ ރިކޯގެ ގެތަކަށް ވެސް މީގެ ކުރިން ވަގުން ގެއްލުން ދިނެވެ.

ޑީމާރިއާގެ ގެއިން ގަޑި އައި ގަހަނާތަކެއް ވަގުން ވަނީ ނަގާފަ އެވެ. އެއީ 500،000 ޔޫރޯގެ އަގުހުރި އެއްޗިހިތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.