އާސެނަލް އިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގެ އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލް އިން ވަނީ ފްރާންސްގެ ނަން މަޝްހޫރު ކުލަބު ޕެރިސް ސެއިންޓް-ޖާމޭން (ޕީއެސްޖީ) އާ ދެކޮޅަށް 2-0 އިން މޮޅުވެފަ އެވެ.
މެޗުގެ 20 ވަނަ މިނެޓްުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކައި ހަވަޓްޒް އެވެ. އެ ލަނޑަކީ ލިއަންދްރޯ ޓްރޮސާޑްގެ ހުރަހަކުން ލިބުނު ފުރުސަތެއްގައި ބޮލުން ޖަހައިގެން ކާމިޔާބުކުރި ލަނޑެކެވެ
އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ 35 ވަނަ މިނެޓުގައި ބުކަޔޯ ސަކާ އެވެ. ސަކާގެ ލަނޑަކީ އާސެނަލް އަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ދިން ނަމަވެސް، އިތުރު ލަނޑެއް ޖެހުމަކާ ހަމައަށް ނުދެވުނެވެ.
މި މޮޅާއެކު އާސެނަލް އިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފަ އެވެ.