ޗެމްޕިއަންސް ލީގް

މޮނާކޯ އަތުން މޮޅުވެ އާސަނަލް ތިންވަނައަށް

ޔޫއެފާ ޗެމްޕައިންސް ލީގު މުބާރާތުގެ ގްރޫޕް މަރުހަލާގައި އިނގިރޭސިވިލާތުގެ އެމްރޭޓްސް އެސްޓަޑިއަމްގައި އާސެނަލް އަދި މޮނާކޯ ކުޅުނު މެޗު، ފަސޭހަ ކަމާއެކު 3-0 އިން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލުން ރޭ މޮނާކޯ ބަލިކުރި މެޗުގައި، ބުކާޔޯ ސަކާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން، ހަަތަރު މެޗުން މޮޅުވެ، 13 ޕޮއިންޓް ހޯދާފައިވާ އާސެނަލް އަދި އޮތީ ތިންވަނައިގަ އެވެ.

މެޗުގެ އުސްއަލިތަކަށް ބަލާއިރު 34 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ވަނީ ގޯލެއް ޖަހައިދީ މޮނާކޯގެ ގޯލު ހުޅުވާލަދީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ގޮސް 78 ވަނަ މިނެޓުގައި އަނެއްކާވެސް ސާކާ ގޯލު ޖަހައި އާސެނަލްއަށް ލީޑު ފުޅާކޮށްދިނެވެ. އޭގެފަހުން މެޗު ނިމެން ދަނިކޮށް ސާކާ ތަނަވަސްކޮށްދިން ފުރުސަތަކުން ކައި ހަވާޓްސް ވަނީ އިތުރު ގޯލެއް ޖަހައިދީފަ އެވެ. މެޗު ނިމިގެން ދިޔައީ 3-0 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.

ލީގް މަރުހަލާގެ ފަހު ދެ މެޗުގައިވެސް މޮޅުވެފައި ވާތީ، އާސަނަލަށް ސީދާ ގޮތުން ނޮކައުޓް މަރުހަލާއަށް އެރުމުގެ ފުރުސަތު ލިބިފައިވެ އެވެ.