ޗެމްޕިއަންސް ލީގް

އާސެނަލް އިން ރެއާލް ލަދުގަންނަވާލައިފި

ގޯލު ޖެހުމަށްފަހު އާސެނަލުން އުފާ ފާޅުކުރަނީ
0%
0%
0%

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އިން ރިއަލް މެޑްރިޑްއާ ދެކޮޅަށް އުދަނގޫ މޮޅެއް ހޯދައިފި އެވެ.

ލަންޑަންގައި ހުންނަ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލުން ވަނީ 3-0 އިން މޮޅުވެ، ބޮޑު ލީޑެއް ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފުގައި އާސެނަލުން ދެއްކީ މޮޅު ކުޅުމެކެވެ.

މެޗުގައި ތަފާތު ވެގެން ދިޔައީ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސްގެ ހައިރާންކުރުވަނިވި ހުނަރެވެ. ރައިސް ވަނީ ދެ ހާފްގައި 12 މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ރިއަލް މެޑްރިޑްގެ ކީޕަރު ކޯޓުއާ އަށް މަތަކުރަން އުނދަގޫ ވަރުގެ ޝޮޓްތަކެއް ޖަހާފަ އެވެ.

މެޗުގެ ތިންވަނަ ގޯލަކީވެސް ހިތްގައިމު ގޯލެކެވެ. މި ގޯލު ޖެހީ އާސެނަލްގެ ހުނަރުވެރި ފޯވާޑު މައިކަލް މެރީނޯ އެވެ.

މެޗުގެ އެންމެ ފަހު މިނެޓުތަކުގައި ރިއަލް މެޑްރިޑްގެ މެދުތެރެއަށް ކުޅޭ އެޑުއާޑޯ ކަމަވިންގާއަށް ދެ ރީދޫ ކާޑު ދެއްކުމާއެކު، ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި އެވެ. މިއީ މެޑްރިޑްއަށް ލިބުނު އިތުރު ހިތްދަތި ކަމެކެވެ.

ދެވަނަ ލެގު އޭޕްރީލް 17 ވަނަ ދުވަހު ސަންޓިއާގޯ ބަރުނަބިއުގައި ކުޅޭނެ އެވެ. ސެމީ ފައިނަލަށް ދިއުމަށް ރެއާލް މެޑްރިޑް ބޭނުންވާނަމަ މަދުވެގެން 4 ގޯލުގެ ތަފާތުން މޮޅުވާން ޖެހޭނެ އެވެ. ނުވަތަ 3 ގޯލުގެ ތަފާތުން މޮޅުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ކާމިޔާބު ހޯދަން ޖެހޭނެ އެވެ.

މިފަހަކަށް އައިސް ރިއަލް މެޑްރިޑްގެ ފޯމް ވަނީ ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން އެއްވެސް މެޗެއްގައި މޮޅެއް ނުވެ އެވެ. ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލްގައި އެއްވަރުވީ ނަމަވެސް އެގްރިގޭޓުން ކުރިލިބިގެން ފައިނަލަށް ގޮސްފައިވެ އެވެ. އަދި ހޮނިހިރު ދުވަހު ލަލީގާގައި ވެލެންސިއާ އަތުން ބަލިވި އެވެ.

އާސެނަލްއަށް ލިބުނު ކާމިޔާބާ އެކު މިހާރު ވަނީ ސެމީ ފައިނަލަށް ދިއުމުގެ ބޮޑު ފުރުސަތެއް ހޯދާފަ އެވެ. ޓީމުގެ މެނޭޖަރު މިކެލް އަޓޭޓާ އަކީ ކުރީގެ އާސެނަލްގެ ކުޅުންތެރިއެއް ކަމުން މި ކާމިޔާބީ އިތުރަށް ފާހަގަކޮށްލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910