ޗެމްޕިއަންސް ލީގް

މެންޗެސްޓާ ސިޓީ އަތުން ރެއާލްއަށް މުހިންމު މޮޅެއް

0%
0%
0%

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓަ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ރެއާލް މެޑްރިޑް 3-2 އިން މޮޅުވެއްޖެ އެވެ.

މެންޗެސްޓަ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކުރިއަށް ގެންދިޔައީ 52،000 އަށް ވުރެ ގިނަ މީހުންގެ ހާޒިރުގަ އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ މެންޗެސްޓަ ސިޓީ އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ސިޓީގެ ނުވަ ނަންބަރު އާލިން ހާލަންޑް ވަނީ ޖޮސްކޯ ގްވަޑިއޯލްގެ އެހީގައި ލަނޑެއް ޖަހާފަ އެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ދިޔައީ ރެއާލް މެޑްރިޑްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްގެންނެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ މެޗު އެއްވަރު ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ފިލް ފޯޑެންއަށް ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ އަނެއްކާވެސް ސިޓީއަށް ލީޑު ހޯދައިދީފަ އެވެ.

ނަމަވެސް މެޗުގެ ފަހު މިނެޓުތަކުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ މެޗުގެ އޮއިވަރު މުޅިން އަނބުރާލާފަ އެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓުގައި ސިޓީގެ ކުރީގެ ކުޅުންތެރިޔާ ބްރާހިމް ޑިއާޒް ވަނީ މެޗު އެއްވަރު ކުރުމަށްފަހު، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވިނިޝިއަސް ޖޫނިއާގެ އެހީގައި ޖޫޑް ބެލިންހަމް ވަނީ މެޗުގެ ކާމިޔާބީގެ ލަނޑު ޖަހާފަ އެވެ.

މި ނަތީޖާއާ އެކު، ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށް މެންޗެސްޓަ ސިޓީއަށް ވަނީ އުނދަގޫ މަރުހަލާއަކާ ކުރިމަތިލާން ޖެހިފަ އެވެ. މި މަހުގެ 19 ވަނަ ދުވަހު މެޑްރިޑްގެ ސެންޓިއާގޯ ބަނަބިއު ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގުގައި މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވާން ޖެހޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910