ޗެމްޕިއަންސް ލީގް

އެމްބާޕޭގެ ހެޓްރިކާއެކު ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް

ރެއާލްގެ ތަރި ކިލިއަން އެމްބާޕޭ ހެޓްރިކް ހެދުމަށްފަހު އުފާފާޅުކުރަނީ
0%
0%
0%

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް މެންޗެސްޓަ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި މެޗުގައި ރެއާލްގެ ތަރި ކިލިއަން އެމްބާޕޭ ހެޓްރިކެއް ހަދައި، ޓީމަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނެވެ.

ސެންޓިއާގޯ ބަރުނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، މެޗު ފެށިގެން މާގިނަ އިރެއް ނުވަނީސް އެމްބާޕޭ، 4 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ރެއާލް މެޑްރިޑަށް ލީޑު ހޯދައިދިނެވެ. އޭގެ ފަހުން 33 ވަނަ މިނެޓުގައި އެމްބާޕޭ ދެވަނަ ލަނޑު ޖަހައި ފަރަގު ބޮޑުކުރި އެވެ. އެމްބާޕޭގެ ހެޓްރިކް ފުރިހަމަކުރީ 61 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑްގެ އެހީތެރިކަމާއެކުގަ އެވެ.

މި ދެ ޓީމު ކުރިން ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑް 3-2 އިން ކާމިޔާބުކޮށްފައިވާއިރު، ރޭގެ ނަތީޖާއާއެކު އެގްރިގޭޓް ސްކޯރުގައި 6-3 އިން ރެއާލް މެޑްރިޑް މޮޅުވެފައިވެ އެވެ.

މެންޗެސްޓަ ސިޓީގެ ސްޓާ ސްޓްރައިކަރު އާލިން ހާލަންޑް އަނިޔާގެ ސަބަބުން މި މެޗުގައި ބައިވެރިނުވާއިރު، އޭނާގެ ބަދަލުގައި މިސްރުގެ ފޯވާޑް އުމަރު މަރްމޫޝް ވަނީ ކުޅެފަ އެވެ. ސިޓީއަށް އެންމެ ފަހު ވަގުތު، މެޗުގެ އިތުރު ވަގުތުގައި ނިކޯ ގޮންޒަލޭޒް މެދުވެރިކޮށް ހަނދާނީ ލަނޑެއް ޖެހުނެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ކުޅެންޖެހޭ ޓީމުތައް ކަނޑައެޅިގެންދާނީ މާދަމާ ބާއްވާ ގުރުއަތުލުމަށްފަހު އެވެ.

ޕެޕް ގުއާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކުޅޭ މެންޗެސްޓަ ސިޓީއަށް މިއީ ފާއިތުވެ ދިޔަ 12 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުން އެންމެ އަވަހަށް ބޭރުވި އަހަރެވެ. މީގެކުރިން 2012-13 ވަނަ އަހަރުގައި އެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަނުކުރެވި ބޭރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910