ގިރިފުށީ

ސިފައިންގެ ތަމްރީން މަރުކަޒު ބަދަލުނުކުރަން ފާސްކޮށްފި

ސިފައިން ތަމްރީން ކުރާ މަރުކަޒު، ކ. ގިރިފުށި ނޫން ރަށަކަށް ބަދަލު ކުރަން ހުށަހެޅި ނަމަވެސް އެ މަރުކަޒު އެހެން ރަށަކަށް ބަދަލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

ސާލަމަތަށް ނުރައްކާ އޮންނަ ކަމަށް ބުނެ ގިރިފުށި ނޫން ރަށަކަށް ސިފައިން ތަމްރީން ކުރާ މަރުކަޒު ބަދަލު ކުރަން ހުށަހެޅީ ގިރިފުށީ ކައިރީގައި އޮންނަ ކ.ހި ންމަފުށީގެ ރައްޔިތުން ނެެވެ. ނަމަވެސް އެކަން ބޮޑުވުންތަކަަށް ރިއާޔަތް ކުރުމަށް ފަހު ގައުމީ ސަލާމަތީ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ސިފައިން ތަމްރީން ކުރާ މަރުކަޒު ބަދަލު ނުކުރަން ނިންމާފައިވާ އެވެ.

ސަލާމަތީ ކޮމެޓީގެ ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތައްތައް ތަންފީޒު ކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 48 މެމްބަރަކު ފެންނަ ކަމަަށް ދެއްވި އެވެ.

ގިރިފުށީގައި ހިންގާ ސިފައިންގެ ތަމްރީންތަކުގެ ސަބަބުން އެ ރަށާ ކައިރީގައި އޮންނަ ހިންމަފުށީގެ ގެއަކަށާއި ގެސްޓު ހައުސްތަކަށް ވަޒަން އަރާފައި ވެއެވެ. އަދި 2019 ވަނަ ހިންމަފުށި ކައިރީގައި އޮތް ސަފާރީ ބޯޓުގައި ހުރި ފަތުރުވެރިއަކަށްވެސް ވަޒަނެއ އަމާޒުވެ އަނިޔާވެފައި ވެއެވެ. ހިންމަފުށީގެ ރައްޔިތުން ކަންބޮޑުވަނީ އެފަދަ ހާދިސާތަކާ ގުޅިގެން ނެވެ.

އެކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން ބުނީ އެފަދަ ހާދިސާތައް ހިނގުން ހުއްޓުވައި ސަލާމަތީ ކަންތައްތައް ކަށަވަރު ކުުރުމަށް ވަކި ހާއްސަ ކޮމެޓީއެއް އުފައްދައި ގިރިފުށި ފަޔަރިން ރޭންޖަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެެ. އަދި ގިރިފުށި ނޫން ތަނަކަށް ސިފައިންގެ ތަމްރީން މަރުކަޒު ބަދަލުކޮށްފިނަމަ ތަމްރީން ތަކަށް ބޭނުންވާ ސާމާނާއި އަދި ސިފައިން ގޮސް ހެދުމަށް ދަތި ވެދާނެ ކަަމަށެވެ. އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް ސިފައިންގެ ތަމްރީން މަރުކަޒު އެހެން ރަށަކަަށް ބަދަލުނުކުރަން ސަލާމަތީ ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމި އެވެ.