މެންޗެސްޓާ ޔުނައިޓެޑް

އެފްއޭކަޕްގައި ނާކާމިޔާބުވީ ޓީމު ވަރުބަލި ވުމުން

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ކަޓައިގެން ދިޔައީ، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ކުރިމަތި ވެފައިވާ ވަރުބަލި ކަމަުގެ ސަބަބުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ޔުނައިޓެޑް ބަލިކޮށް ލެސްޓާ ވަނީ އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސޮލްޝަޔާ ބުނީ ވޭތުވެދިޔަ ތިން މަސްތެރޭ ޔުނައިޓެޑްގެ ޓީމުން ރަނގަޅު ނަތީޖާ ތަކެއް ކަމަށެވެ. އޭނާ ބުނީ ރޭ ގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭ ފޯމް ނުފެނުނު ކަމަށެވެ.

"އަހަރެމެން މެޗެއް މިކުޅެނީ ކޮންމެ ތިން ދުވަހަކުން އެކަމަކުވެސް ރަނގަޅު ނަތީޖާތަކެއް މި ޓީމުން ނެރުނު ހުރިހާ މެޗުތަކެއްގައިވެސް ރަނގަޅު މަސައްކަތްތަކެއް ފެނުނު އެތަކެއް ދަތުރު ތަކަކަށް ފަހުވެސް،" ޝޮލްޝަޔާ ބުންޏެވެ. "ބުރާސްފަތި ދުވަހުގެ ރޭ މިލާންގައި ކުޅުނު މެޗަކީ ވަރަށް ވަރުގަދަ މެޗެއް. ފިޒިކަލީ އަހަރެމެންނަށް އަސަރު ކުރި. މި މެޗާ ހަމައަށް އައިރު އެވަރުގެ ހިތްވަރެއް އަހަރެމެންގެ ކުޅުންތެރިން ނެތް."

އެފްއޭ ކަޕްގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދި އަނެއް ޓީމަކީ ޗެލްސީ އެވެ. ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ 2-0 ންނެވެ. އަންނަ މަހު 17 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލުގައި ޗެލްސީ ވާދަ ކުރާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. ލެސްޓާ ސިޓީ ނުކުންނާނީ ސައުތެމްޓަން އާ ދެކޮޅަށެވެ.