ރޯދަ މަސް

ރޯދަ މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސައިިފި އެވެ. ރައީސް އޮފީހުން ބުނީ ރޯދަ މަހުގެ ރަސްމީގަޑިއަކީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާ ކަމަަށެވެ.


ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ މަސައްކަތު ގަޑި ހަމަޖެއްސެވިކަމުގައިވިޔަސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރައްވަމުން ގެންދެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ.