މޫސުން

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް ކުރާ ވިއްސާރައި ގައި މޫސުން އިތުރަށް ގޯސްވެ ބައެއް އަތޮޅު ތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މޫސުން ގޯސްވެ މި ފަސް އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު މިއަދު ހެނދުނު ހއ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 9:00 ޖެހުމާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.