އެޑްވަޓޯރިއަލް

އަކްޕިކްސް: ވަރުގަދަ ބްރޭންޑެއް

ޗާންދަލިޔާގެ ހާޑްވެއާ ސާމާނު ވިއްކާ ސްލިމް ފިޓިން އިން އަލަށް ތައާރަފްކުރި "އަކްފިކްސް" ބްރޭންޑް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ ތެރޭގައި މަގްބޫލުކަން ހޯދައިފި އެވެ.

އަކްފިކްސް 705 ފާސްޓް އެދެސިވް އަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭގެ އަސަރު ފެންނަ އެހާމެ ވަރުގަދަ ތެރަހެކެވެ. ތެރަހުގެ އަސަރު އެންމެ އަށް ސިކުންތުގެ ތެރޭގައި ފެނެ އެވެ. އެހެންކަމުން ކްރާފްޓް މަސައްކަތާއި ވަޑާން ކުރުމާއި ގޭތެރޭގެ އެކިއެކި މަސައްކަތަށް 705 ވަރެއް ހަމަ ނެތެވެ. ކުރަކި، ރާޅު ތަކެތި ތަތްކޮށްލުމަކީ މިހާރު އެހާ އުނދަގޫ، ކަންބޮޑުވާންވީ ކަމެއްނޫނެވެ. ބޫޓު، ލެދަރު، ރަބަރު، ލަކުޑި، އަދި ގިނަ ބާވަތްބާވަތުގެ ޕްލާސްޓިކް ތަތްކޮށްލަށް ވަރަށް ފަސޭހަ ވާނެ އެވެ.

ޔޫރަޕްގެ ގައުމުގަތުގައި މަގްބޫލުކަން ހޯދާފައިވާ އަކްފިކްސް ބްރޭންޑަކީ އީކޯ-ފްރެންޑްލީ ކެމިކަލް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބާވަތްތައް ހިމެނޭ މަގުބޫލު ބްރޭންޑެެކެވެ. އަދި އަކްފިކްސް އަކީ އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ދާއިމީ ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު ރޯލެއް އަދާކޮށްދޭނެ މިހާރުވެސް އެހާމެ މަގުބޫލު ބްރޭންޑެކެވެ.

ސްލިމް ފިޓިން އިން ބުނީ ކަސްޓަމަރުންގެ ފަރާތުން އެ ބްރޭންޑަށް ލިބޭ ފީޑްބެކް ވެސް ވަރަށް ރަގަޅު ކަމަށެވެ.

"އަޅުގަނޑުމެން މިބްރޭންޑް ރާއްޖެއަށް ތައާރަފް ކުރިތާ އަދި މިވީ މަހެއްހާ ދުވަސް. އަޅުގަނޑުމެންނަށް ޔަގީން ވެއްޖެ ދިވެހީން ބޭނުންވަނީ އިތުބާރު ހުރި މޮޅު ޕްރޮޑަކްޓްކަން. އަޅުގަނޑުމެން ޔަގީންކަން އަރުވަން، ދިވެހިންގެ ބޭނުމަށް އެންމެ އެކަށީގެންވާ ކޮލިޓީ ޕްރޮޑަކްޓްތައް އަބަދުވެސް ސްލިމް ފިޓިންގ އިން ފޯރުކޮށްދޭނެކަން." ސްލިމް ފިޓިންގްގެ މެނޭޖަރު ވިދާޅުވިއެވެ.

އަކްފިކްސް ބްރޭންޑުގެ ހުރިހާ ބާވަތެއްގެ މުދާ ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ސްލިމް ފިޓިންގ އަދި ބާޒާރު ޗާންދަލިޔާއިން ލިބެން ހުންނާނެއެވެ.