ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެލްކޭޖީއިން މަތީގެ ދަރިވަރުން ހާޒިރުވެ ކިޔެވުން ފަށަނީ

މާލޭ ސަރައްދުގައި ކިޔަވަމުންދާ އެލްކޭޖީއިން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އަންނަ މަހު އެކަކުން ފެށިގެން އެކްލޭޖީއިން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭނީ ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެކްލޭޖީއިން ފެށިގެން ގްރޭޑް ހަަޔަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އަލުން ހުރިހާ ދަރިވަރުން ހާޒިރުކުރަން ނިންމީ ކީއްވެގެން ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ނުބުނެ އެވެ. އެ ބަދަލު ގެނަޔަސް އަދިވެސް ކޮވިޑުގެ ހާލަތު ރަނގަޅެއް ނުވެ އެވެ. އެގޮތުން އިއްޔެވެސް މާލެއިން 89 މީހަކު ޕޮޒިޓިވް ވިއެވެ.

މީގެ ކުރިން ސްކޫލްތައް ބަންދުކޮށްފައިވަނީ އެޗްޕީއޭގެ ލަފަޔާ އެކުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ސްކޫލްތައް ލުއި ދޭން ނިންމިއިރު ރޭގަނޑު ހަޔަކުން ހެނދުނު ހަޔަަކަށް ވެހިކަލް ނުދުއްވޭނެ ގޮތަށް އޮންނަ އޮތުން މިހާރު ވަނީ އުވާލައިފަ އެވެ. އަދި ކެފޭތަކަށްވެސް ލުއި ދީ ރޭގަނޑު 10:30 އާ ހަމައަށް ހުޅުވަން އެޗްޕީއޭއިން ހުއްދަ ދިނެވެ.