ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ގުރޭޑް އަށަކުން ދަށަށް ކިޔެވުން ހަފްތާއަކު ދެ ދުވަހު

އިސްކަންދަރު ސްކޫލް: އަށަކުން ދަށުގެ ދަރިވަރުން ކިޔަވަން ދާނީ ހަފްތާއަކު ދެ ދުވަހު -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ގްރޭޑް އަށަކުން ދަށުގެ ދަރިވަރުން ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމައިފި އެވެ.

އެެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ފިޔަވަޅު އެޅީ ކޮވިޑް ކޭސްތައް އަނެއްކާ ވެސް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.

ގްރޭޑް އަށަކުން ދަށުގެ ދަރިވަރުން ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަދި ނިންމީ މިފެށޭ ފުރަތަމަ ހަފްތާއަށް އެކަންޏެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުން ގެންގުޅެމުން އައި ތިން ފޫޓޫގެ ގައިދުރުކަން ހިފެހެއްޓުމާއި، މާސްކު ނަގައިގެން ސްކޫލުގައި އެއްވެސް ހަަރަކާތެއް ނުހިންގުމަށް ވެސް އަންގާފައިވެ އެވެ.

މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ހުރިތޯ ބަލައި ސެނެޓައިޒް ކުރުމާއި އަދި ކިޔަވައިދޭ ދަންފަޅީގެ ވަގުތުވެސް ކުރުކުރަން ނިންމާފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނައިރު އެޗްޕީއޭއިން މިދިޔަ އަންގާރަ ދުވަހު ބުނީ ސްކޫލުތައް ބަންދުކުރާނީ ކޮވިޑްގެ ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށެވެ.

ރާއްޖެއިން އިއްޔެވެސް 816 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910