ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްކޫލްތަކަށް 12,500 ސައިބޯނި ފުޅި ހޯދަނީ

Jun 3, 2020

ކޮވިޑް-19 އަށްފަހު ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވެންވާއިރު 12،500 ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔުނިސެފްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމް ތަކަށް 12,500 އަތް ދޮންނަ ސައިބޯނި ފުޅި (500ml) ހޯދަން ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތި އަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި އަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމަހުގެ ތިނަކުން ހަތަރެއްގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް އެދޭ ކަމަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ ހަތް ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެ އެވެ. އަދި މި ޕްރޮޖެކްޓާ ގުޅިގެން ބީލަން ހުށަހަޅަން ޖެހެނީ މިމަހު ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން އަތް ދޮވުން ހިމެނެ އެވެ. ސަރުކާރުން ދަނީ ނިއުނޯމަލްގައި އާއްމުންގެ ދިރިއުޅުން އާއްމު ހާލަތަށް ގެންނަން މަސައްކަތް ކުރަމުންނެވެ. ލޮކްޑައުންތަކަށް ލުއިތަކެއް ދީފައިވާ ފުރަތަމަ 14 ދުވަހު ސްކޫލްތައް ނުހުޅުވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.