އެންޑީއޭ

ނޭޝަނަލް ޑްރަގް އޭޖެންސީ އިސްލާހުކުރަން ޕެޓިޝަނެއް

މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށާއި އެކަމާ ގުޅޭ ފަރުވާތައް ދިނުމަށް އުފައްދާފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ އިސްލާހުކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ "ހޭންޑްސް ޓެގެދާ" އިން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި 1050 މީހުން ސޮއިކޮށްފައި ވެއެވެ. އެ ޕެޓިޝަން މަޖިލީހުން ބަލައިގަނެ އިތުރަށް ދިރާސާކުރަން އިއްޔެ ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ވަނީ ހުށަހަޅައިފަ އެވެ.

ހޭންޑްސް ޓުގެދާއިން ބުނީ މީގެ 24 އަހަރުކުރިން އެންޑީއޭ (އެހެން ނަމެއްގައި) ވުޖޫދަަށް އައިއިރުވެސް ގެންގުޅުނު ބޯދާ އުސޫލުތަކާއި ނިޒާމުތަކަށް ބަދަލެއް އައިސްފައިނުވާ ކަަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިތާ ނުވަަ އަހަރުވީ އިރުވެސް އެ ގާނޫނަށް އަމަލުކުރަން އެންޑީއޭ ނުކުޅެދިފައިވާ ކަމަށާއި އަދި އެންޑީއޭގެ ވެރިންގެ ނާގާބިލްކަމުން ޒުވާން ޖީލެއް ހަލާކުވެގެންގޮސްފައިވާ ކަމަށެވެ.

އެންޑީއޭގެ މައްސަލަތައް ފާހަގަކޮށް ސޯޝަލް މީޑިއާގައި އެތަކެއް ކެމްޕޭނެއް އެ ޖަމިއްޔާއިން ކޮށްފައިވާއިރު އެކަންތައްތައް ސަރުކާރުގެ އެކި މުވައްސަސާތަކާއި މަޖިލީހަށްވެސް ހުށަހަޅާފައި ވެއެވެ.

" ނަމަވެސް މިހާތަނަށް އައިއިރު އެންޑީއޭ ބަދަލުކޮށް އިސްލާހުކުރުމަށް ނުވަތަ ރީސްޓްރަކްޗާ ކުރުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވާތީ އަޅުގަނޑުމެން ހިތާމަ ކުރަމެވެ." ހޭންޑްސް ޓުގެދާއިން ހުށަހެޅި ޕެޓިޝަންގައި ވެއެވެ.