ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސް އިސްލާހު ދިރާސާ ކުރަން ކޮމެޓީއަށް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާ ކުރަން މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެބިލް ކޮމެޓީއަށް ފޮނުވަން 34 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ގިނަ އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގައި 11 މާއްދާއެއްގެ ބައިތަކަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

ސީއެސްގެ ބިލް މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވިއިރު ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ޕާމަނަންޓް ސެކެޓްރީ ސީދާ މިނިސްޓަރަށް ވަކިކުރެވޭގޮތަށް ހުށަހެޅި ހުށަހެޅުމާއި ވަޒީފާ ދިނުމުގައި އިލްމީ ގޮތުން އެންމެ ރަނގަޅު މީހުނަށް ވަޒީފާތައް ދިނުމުގައި އިސްކަން ނުދޭން ހުށަހެޅި ހުށަހެޅުން ހިމެނެ އެވެ.

އޭގެ ތެރެއިން ޕާމަނަންޓް ސެކެޓްރީން މިނިސްޓަރު ސީދާ މިނިސްޓަރަށް ވަކިކުރެވޭގޮތަށް އޮންނަ އޮތަށް ހުށަހެޅި ހުށައެޅުމާމެދު އެމްޑީޕީގެ ބައެއް މެމްބަރުންގެ ރާގު ބަދަލުވެ އެގޮތަށް ތާއިދު ނުކުރައްވާކަމަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން ދެ އަންހެން ބޭފުޅުން ތިބެން ޖެހޭ ގޮތަށްވެސް އިސްލާހު ހުށަހަޅާފައި ވެއެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އެ އިސްލާހަށް ތާއިދުކުރެއްވި ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެ އިސްލާހާ ދެކޮޅެވެ.