މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކަނޑައަޅައިފި

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ރޯދަ މަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5.30 އިން މެންދަމު 12:00 އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އެވެ.

އެ މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އަންގާފައެވެ.