މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ދެކުނުގެ ހަތަރު އަތޮޅަށް މޫސުމީ އިންޒާރު

ދެކުނުގެ ހަތަރު އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ލ. އަތޮޅުން ފެށެގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ ފަތިހު ފަހެއް ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދަކީ އިރުވައި މޫސުގެ އެންމެ ފަހު ނަކަތް ކަމަށްވާ ރޭވަ ނަކަތުގެ ހަތްވަނަ ދުވަހުއެވެ. މިއީ ދެ މޫސުން ބައްދަލްވުމާ ހިސާބަކަށްވުމާއެކު އާންމުކޮށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. މާލެއަށްވެސް މި ހަފްތާގެ ކުރީކޮޅު ބައެއް ގަޑިތަކުގައި ބޯކޮށް ވާރޭވެހިފައިވެއެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްތަކަށްވެސް މޫސުން ގޯސްވެ ބޯކޮށްވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.