ލައިފްސްޓައިލް

ފްރެންޗް ފްރައިޒް އަކީ މޫޑު ގޯސްކުރާ އެއްޗެއް

ފްރެންޗް ފްރައިސް: ގިނަ ބަޔަކަށް މަގްބޫލު އެއްޗެއް
0%
0%
0%

ދެރަވާ ކަމެއް ދިމާވީމަ ބައެއް މީހުން ބޭނުން ވަނީ ކޮންމެވެސް މީރު އެއްޗެއް ކާލާށެވެ. އެގޮތުން ގިނަ މީހުން އާދަކޮށް ކަނީ ޗޮކްލެޓް، ފްރެންޗް ފްރައިޒް ފަދަ އެއްޗިއްސެވެ. އަދި ކޯލާގެ ވައްތަރުތައް ބޯ މީހުން ވެސް މަދެއް ނޫނެވެ.

ދިމާވެފައިވާ މައްސަލައެއްގެ ހަނދާން ނައްތާލަން އެއްޗެތި ކައިބޮއިގެން ނަފްސަށް ހަމަޖެހުން ލިބޭ ހެއްޔެވެ؟ ފަހަރެއްގައި މިއީ ތަޖުރިބާ ކުރެވިފައިވާ ހައްލަކަށް ވެދާނެ އެވެ. ނަމަވެސް މިގޮތަށް ކާއިރު ޓްރާންސް-ފެޓް އެކުލެވޭ ކާނާ ކެއުމާ ދުރުވާން ޖެހެ އެވެ. ސަބަބަކީ އެފަދަ އެއްޗެތި ކެއުމުން ބަނޑުގައި ވައި ހެދި ބަނޑު ފުއްޕުމުގެ އިތުރުން މާ ބޮޑަށް ދެރަ އިހްސާސް ވާނެތީ އެވެ.

ސައިންސްވެރިން ބުނަނީ ޓްރާންސް-ފެޓް ހުންނަ، ތެލުލާފައިވާ ކާނާ، ފްރެންޗް ފްރައިޒް، އަކީ އެމީހެއްގެ ޖަޒުބާތު ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަގުތެއްގައި ކެއުން އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. ހައިޑްރޮޖެނޭޓެޑް ތެލުން ތެލުލާފައި ހުންނަ ކޮންމެ ކާނާއެއްވެސް ހަށިގަނޑަށް ވަނުމަށްފަހު ޓްރާންސް-ފެޓަށް ބަދަލުވާނެ އެވެ. އަދި ގިނައިން މި އެއްޗެތި ކައިފިނަމަ ދެން ވާނެގޮތް ހީކޮށްލާށެވެ.

ސިކުނޑިއަށް ބަރާބަރަށް ލޭ ފޮނުވައިދީ ލޭ ދައުރުވާން ހުރަސްތައް މެދުވެރިކުރާ އެއްޗަކަށް ޓްރާންސް-ފެޓް ވެއެވެ. އަދި ސިކުނޑީގެ ކެމިކަލް ބެލެންސް ކުރުމަށް ވެސް ދަތިތައް ކުރިމަތިކުރުވާ އެއްޗަކަށް ޓްރާންސް-ފެޓް ވެއެވެ. ނަތީޖާއަކަށް ވަނީ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ދަތިވުމެވެ.

އެހެންކަމުން ދެން ފަހަރަކުން ފްރެންޗް ފްރައިޒް ކާހިތް ވެއްޖެނަމަ އޭގެ ބަދަލުގައި ކާނެ ތަންކޮޅެއް ސިއްހަތަށް ފައިދާޙުރި އެއްޗެއް ހޯދައިގެން ފަރުޖައްސާލާށެވެ. ފްރެންޗް ފްރައިޒް ކެއުމުން އިތުރަށް ދެރަވެ ހިތްހަމަނުޖެހޭ ގޮތް ބޮޑަށް މެދުވެރިވާނެ ކަން ޔަގީން ކުރާށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345