ލައިފްސްޓައިލް

ފަންވަތު ހޮޅިއަށް ބޮޑު ތަރުހީބެއް!

ފަންވަތު ހޮޅި ބޭނުންކޮށްފައިވާ ޖޫސް ތައްޓެއް
30%
60%
10%

ފުޑް އެންޑް ބެވެރޭޖް އިންޑަސްޓްރީގައި ވެސް ތަފާތު އާ ކަންކަން ޓްރެންޑްވެ މީހުންގެ ސަމާލުކަން ހޯދަ އެވެ. ފިލިޕީންސް ކެފޭ އަކުން ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ފަންވަތުން ހަދާފައިވާ ހޮޅިއަކާއެކު ޖޫސް ސާވް ކުރުމުން އެކަން ގިނަ ބަޔެއްގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.

ފިލިޕީންސްގެ އެ ކެފޭގެ އޯނަރު، ސާރާ ޓިއު 37، ބުނި ގޮތުގައި އޭނާއަށް އެންމެ ފުރަތަމަ ފަނުން ހާދާފައިވާ ހޮޅިއެއްގައި ޖޫސް ސާވް ކުރިތަން ފެނުނީ ޗުއްޓީގައި ސިއަރާގޮއާ އައިލެންޑަށް ދިޔަ ދިއުމެއްގައި އެތަނުންނެވެ. އެ ދަތުރުގައި ކެފޭއަކަށް ގޮސް ކަރު ތެއްމާލާނެ ބުއިމެއް އޯޑަރު ކުރުމުން ގެނައި ބުއިމާއެކު އޮޅާލާފައިވާ ފަންވަތު ހޮޅިއެއް ގެނައުމުން ހައިރާންވި އެވެ.

ސާރާ ބުނިގޮތުގައި އެ ކެފޭއިން އޭނާއަށް ފެނުނު ފަންވަތު ހޮޅި ހަދަން ޝައުގުވެރިވެ އެގޮތަށް ހޮޅި ހަދަން ދަސް ކޮށްދޭން އެދުމުން އެގޮތަށް ހޮޅި ހަދަން އޭނާއަށް ދަސްކޮށް ދިނީ އެވެ. އަދި އޭނާގެ ކެފޭގައި ފަންވަތް ހޮޅި ބޭނުން ކުރަން ނިންމީ ފަންވަތުން ހަދާފައިވާ ހޮޅިއަކީ ތިމާވެއްޓާ ރައްޓެހި ފަސޭހަވެފައި އަގު ހެޔޮ ވެސް ވާނެތީ އެވެ.

އޭނާގެ ކެފޭގެ ފޭސްބުކް ޕޭޖްގައި ފަނުން ހަދާފައިވާ ހޮޅީގެ ފޮޓޯ އާއްމު ކުރުމާއެކު ދުނިޔޭގެ ސަމާލުކަން އެ ހޮޅިއަށް ލިބި އެތައް ބަޔަކު ވަނީ އެ ފޮޓޯ ޝެއާކޮށްފަ އެެވެ. ސާރާ ވަނީ އެގޮތަށް ފަނުން ހޮޅި ހެދުމަށް ދަސްކޮށްދޭ ވީޑިއޯ ވެސް އާއްމުކޮށްފަ އެވެ. ސާރާގެ ކެފޭއިން ޓޭކްއަވޭ ކަޕްސް ގެ މަތިޖެހުމަށް ވެސް ބޭނުން ކުރަނީ ކެޔޮފަތެވެ.

ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ފަންވަތު ހޮޅިއަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކާއި ދެކޮޅަށް ތަފާތު އެކި މޫވްމަންޓް ހިންގަމުން އަންނަ ވެސް ދުވަސްވަރެއްގަ އެވެ.

ފަންވަތުން ހޮޅި ހަދަން ދަސްކޮށްދޭ ވީޑިއޯއެއް
1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަޅޯ ހޮޅި

ފަންވަތަކީ އޭގައި މަކުނު ވަލާ، ފަނި އެޅުމާ ކަންކަން މެދުވެރިވާ އެއްޗެއް.. ތިއަށްވުރެ ރަނގަޅު ވާނެ ފަޅޯ ހޮޅިވެސް.. ދެ ކޮޅި ބެދިފައި، ފަނި ނުކާނެ އެއްޗެއް އެއީ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345