ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ދެވަނަ ޑޯޒް ދިނުން ހަތަރު ސެންޓަރެއްގައި

50%
0%
50%

ކޮވިޑް-19 އިގެ ވެކްސިން ޕްރޮގްރާމުގައި ދެވަނަ ޑޯޒް މާދަމާ ފަށަން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ހަތަރު ސެންޓަރެއްގައި ދެވަނަ ޑޯޒް ޖެހުން ކުރިއަށް ގެންދާނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ އެކަކާއި ހަތަރުވަނަ ދުވަހާ ދެމެދު ފުރަތަމަ ޑޯޒް ޖެހި މީހުނަށެވެ. ދެވަނަ ޑޯޒް ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގަ އެވެ.

އެޗްއީއޯސީން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު ވެކްސިން ކާޑް އަދި އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނޫނީ ލައިސަންސް ކާޑް ގެންދަން އެދިފަ އެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތަކުގައި މިހާތަނަށް 240،000 ވުރެ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ރޯދަ މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިޔެ

ކާން ވެއިޓް 😩💗💗

December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011