ޕްރޮމޯޝަން

ފެން އުފައްދާ މެޝިނެއް ޕާމްޓްރީ މެރިން އިން ނެރެފި

Apr 4, 2021

ގޭގޭގައި ބޭނުން ކުރާ ފެން މެޝިނެއް ޕާމްޓްރީ މެރިން އިން ތައާރަފު ކޮއްފި އެވެ. މިއީ ރޯދަމަހަށް ހާއްސަކޮށް ނެރުނު މެޝިނެކެވެ.

މިއީ ކަރަންޓާ ނުލައި އޮޕަރޭޓްކުރާ މެޝިނެކެވެ. ވޯޓާ ސަޕްލައި ފެން ބޭނުންކޮށްގެ ރިވާސް އޮސްމޮސިސް (އާރުއޯ) ޓެކްނޯލޮޖީގެ އެހީގައި އިތުރަށް ފެން މީރުކޮއްދީ ބެކްޓީރިއާ އާއި ވައިރސް މަރާލަދެ އެވެ.

އެ ކުންފުނިން ބުނީ މި މެޝިނުން އުފައްދައިދޭ ފެނަށް ކެލްސިއަމާއި މެގްނީޒިއަމް އިތުރު ކޮށްދީ 170 ލީޓަރުގެ ފެން ދުވާލަކު އުފައްދައި ދިނުމުގެ ގާބިލުކަން ލިބިގެންވާއިރު އެހެން މެޝިންތަކާ ހިލާފަށް މެޝިނު ކުޑަވެފައި ކަރަންޓް ބޭނުން ނުވާ އަދި ރިޒާވުގައި ފަސް ލީޓަރުގެ ފެން ރައްކާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކަމަށެވެ.

މި މެޝިނާއި އެކު މެޝިން އިނިސްޓޯލް ކުރަން ބޭނުންވާނެ ހުރިހާ ސާމާނަކާއި، ސިންކް މަތީގައި ހަރުކުރާނެ ރީތި ކްރޯމް ފެން އިސްކުރެއް ވެސް ދެ އެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ އެސެޓޯނިއާ އިން އުފައްދައި ރާއްޖެއަށް އިމްޕޯޓް ކުރާ މި މެޝިނަކީ އެމެރިކާގެ އަކްއަޕޯ ބްރޭންޑް ގެ މެޝިނެކެވެ.

ޕާމްޓްރީ މެރިން އިން ވިއްކާ މި މެޝިން ރޯދަމަހަށް ހާއްސަ ކޮއްގެން ވިއްކާ އަގަކީ 3995ރ އަށެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން މި މެޝިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ފެންމެޝިން އިނިސްޓޯލް ކޮށްދެވޭނެ އެވެ. މި މެޝިން ގަންނަން ލިބޭނީ މާފަންނު މުރަނގަ މަގުގައި ހުންނަ ޕާމްޓްރީގެ ޝޯރޫމުންނެވެ.

އިތުރު މައުލޫމާތު ބޭނުން ނަމަ ކުންފުނީގެ ވައިބަރ ނަމްބަރު، 7860233 އަށް މެސެޖެ ކުރެއްވުމުން ނުވަތަ ކުންފުނީގެ ވެބްސައިޓް އިން ވެސް ލިބޭނެ އެވެ.