ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފި އެވެ.
އެމްއެމްޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލެ ވިފްކޯ ގަރާޖު ކުރިމަތީ ހުރި ކުނިތަކެއްގައި ރޯވުމުން ސިފައިން ނިއްވާލާފައިވާ ކަމަށެވެ. މީހަކަށް ގެއްލުމެއް ނުވެއެވެ. އަލިފާން ރޯވި ސަބަބެއް ސިފައިން ނުބުނެއެވެ.
ކުނިތަކުގައި ރޯވެ ބޮޑު އަލިފާނަކަށް ވުމުގެ ކުރިން ސިފައިން ނިއްވާލި ނަމަވެސް އެ ސަރަހައްދުގައި ދިިރިއުޅޭ މީހުންނަށް ދުމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.