ޓެކްނޯލޮޖީ

އެލްޖީ ސްމާޓްފޯން ވިޔަފާރި ހުއްޓާލައިފި

އެލްޖީ ވެލްވެޓް: ސްމާޓްފޯން ވިޔަފާރި ހުއްޓާލުމުން ކުންފުންޏަށް ވާނީ ފައިދާ ކަމަށް ބުނެވޭ
0%
0%
0%

ވާދަވެރިކަން ބޮޑު ސްމާޓްފޯން ވިޔަފާރި ދޫކޮށްލަން އެލްޖީ ނިންމި ނިންމުމަށް ގިނަ ބަޔަކު ކުރަނީ ތައުރީފެވެ. މައިގަނޑު ސަބަބަކީ އެލްޖީ އަކީ ސްމާޓް އިލެކްޓްރޯނިކްސްގައި ވެސް މޮޅަށް ކުޅެން ނުދަންނަ ކުންފުންޏަކަށް ވެފައި، "އިންޓަނެޓް އޮފް ތިންގްސް" އަށް މިސްރާބު ބަދަލު ކުރުން ކުންފުންނަށް ފައިދާ ބޮޑުވާތީ އެވެ.

އެލްޖީ ސްމާޓްފޯން ވިޔަފާރި ހުއްޓާލީ ވިޔަފާރިން ފައިދާ ނުވާތީ އެވެ. ހަގީގަތުގައި ސްމާޓްފޯން މާކެޓް ކުރަން ވާދަވެރިން މަސައްކަތްކުރާ ވަަރަށް އެލްޖީއަކަށް ނުކުރެވެ އެވެ. އެހެން ނަމަވެސް އެލްޖީއަކީ ވާދަވެރިންނަށް ދޫނުކުރާ ފެންވަރު ރަނގަޅު ފޯނު އުފައްދާ ކުންފުންޏެކެވެ.

ސްމާޓްފޯން މާކެޓަށް އާ ޓެކްނޮލޮޖީ ތައާރުފު ކުރުމުގައި ވެސް އެލްޖީ އުޅެނީ ކުރީގަ އެވެ. ސްމާޓްފޯން ކެމެރާ، ސްމާޓްފޯން ސްކްރީން، ސްކްރީން ރިޒޮލޫޝަން އަދި އެންމެ ފުރަތަމަ ތިން ސިމް ފޯނެއް އުފެއްދީ ވެސް އެލްޖީ އެވެ.

ސްމާޓްފޯން ވިޔަފާރި ދޫކޮށްލުމަށް ފަހު އިލެކްޓްރިކް ވެހިކަލްތަކަށް ބޭނުންވާ ބައިތައް އެލްޖީ އުފައްދާނެ އެވެ. ސްމާޓްހޯމް ޑިވައިސްތައް، ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި ވިޔަފާރި ކުންފުނިތަކަށް ހާއްސަ ސްމާޓް އިލެކްޓްރޯނިކްސް އަށް ފޯކަސް ކުރާނެ އެވެ.

މަޝްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު ސްމާޓްފޯން ވިޔަފާރި ދޫކޮށްލުމުން އެލްޖީއަށް ވާނީ ފައިދާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910