ޓެކްނޯލޮޖީ

އައިފޯން 14 ގައި އައިފޯނެއްގައި ނެތް ފީޗާތަކެއް

އައިފޯން 14 ސެޕްޓެމްބަރުގެ ކުރިން ރިލީޒެއް ނުކުރާނެ އެވެ. ރިލީޒް ކުރާނެ ކަމަށް ބުނެވޭ ތާރީހާކީ އޮކްޓޯބަރު 31 އެވެ. މިއީ ވެސް ކަށަވަރު ތަރީޚެއް ނޫނެވެ.

އައިފޯން މަރުކާގައި ކޮންމެ އައިފޯނަކީ މުޅިން އާ އައިފޯނެކެވެ. ފާއިތުވި އަހަރު ނެރުނު އައިފޯނަށް ވުރެ ބާރުގަދަ އައިފޯނެކެވެ. މިދިއަ އަހަރަށް ވުރެ ބާރުގަދަ ޗިޕެއް ބޭނުން ކުރެވޭ އައިފޯނެކެވެ.

އައިފޯން 14އާ ބެހޭ ގޮތުން ބުނެވެނީ، އައިފޯނެއްގައި ނުހިމަނައިގެން ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ގިނަ ފީޗާތަކެއް ހިމަނާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފީޗާތަކަކީ ވާދަވެރިން -- އެންޑްރޮއިޑް ފޯންތަކުގައި ހިމަނައި މިހާރު ވެސް ބޭނުން ކުރެވޭ ފީޗާތަކެއް ކަމަށް ބުނެވެ އެވެ.

އައިފޯން 14، އައިފޯން 13 އަށް ވުރެ ބާރު ގަދަވާން ޖެހެ އެވެ. ފެންނަ ފެނުމަށް ވެސް ތަފާތުވާން ޖެހެ އެވެ. އެހެން ނަމަވެސް ބުނެވެނީ އައިފޯން 14 ގައި ބޭނުން ކުރެވޭނީ އެއް ޕްރޮސެސާއެއް -- އައިފޯން 13 ގައި ބޭނުންކުރި ޗިޕް ކަމަށެވެ. އެކަމަކު އެއީ އައިފޯން 14 ގެ ބައެއް މޮޑެލްތަކުގައި ކަމަށް ވެސް ބުނެވެ އެވެ.

އައިފޯން 14 ގެ ކެމެރާ ބާރުގަދަ ކުރުމަށް އެދި ސަޕޯޓަރުން ވަނީ އެޕަލްއަށް ލިޔެފަ އެވެ. އެހެންކަމުން ބެލެވެނީ ޗިޕް އެއްގޮތް ނަމަވެސް ކެމެރާއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އެޕަލުން ދެކޭ ގޮތުގައި ކޮންމެ އަހަރު މުޅިން އާ ޗިޕްސެޓެއް ޑިޒައިން ކުރުމުގެ ބޭނުމެއް ނެތެވެ. އައިފޯން މަރުކާގެ ބައެއް މޮޑެލްތަކުގައި ބޭނުންކުރެވޭ ޗިޕްތައް ޓެކްނޮލޮޖީއަށް ފެތޭ ނަމަ ބޭނުން ކުރަންވީ އެވެ.

އައިފޯން 14 ނެރޭ ތާރީޚާ ބެހޭ ގޮތުން އެޕަލުން އެއްޗެއް ބުނުމުގެ ކުރިން ސަޕޯޓަރުން މިހާރު ވެސް ތިބީ ކިޔޫގަ އެވެ. އައިފޯން 14 ޑިޒައިން ސްޓޭޖުން ފެށިގެން ފޮކްސްކޮން ތެރޭގައި ހިނގަމުންދާ މަރުހަލާތަކުން ބްލޮގްތައް ތަރުތީބު ކުރުމުގައި ވަފާތެރިން ފޫހިކަމެއް ނެތި ދެމިތިބެ އެވެ.