ޓެކްނޯލޮޖީ

ޝޯމީގެ އާއިއާބަޑް މެއި 13 ގައި

ޝޯމީ އިއާބަޑް، ޝޯމީ ނޮއިސް ކެންސަލިން ހެޑްފޯންސް ޕްރޮ ތައާރުފުކުރުން މެއި 13 ގައި
0%
0%
0%

ޝޯމީން އާ އިއާބަޑެއް ނެރެނީ އެވެ. މިކަމަށް އޮތް ތާރީހަކީ މެއި 13 އެވެ. މިއީ އިއާބަޑް އުފެއްދުމަށް ކުންފުނިތަކުން ކުރާ ވާދައިގައި ޝޯމީއަށް ފުރުސަތެެވެ.

ޝޯމީން ނެރޭ އިއާބަޑަށް މިފަހަރު ދީފައިވާ ނަމަކީ "ޝޯމީ ނޮއިސް ކެންސަލިން ހެޑްފޯންސް ޕްރޮ" އެވެ. މިއީ މީހަކަށް ކިޔަން ފަސޭހަ ކަހަލަ ނަމެއް ނޫނެވެ. އެކަމަކު ވެސް އިއާބަޑުން އަޑުތައް މޮޅަށް ކުޅެފި ނަމަ، ނަމަކީ މުހިންމު އެއްޗަކަށް ނުވާނެ އެވެ.

ސްމާޓް ޑިވައިސް މާކެޓްގައި އިއާބަޑްތައް ބައިވަރެވެ. ބޭނުން ފެންވަރެއްގެ އަދި ބޭނުން އަގެއްގެ އިއާބަޑެއް ލިބެން ހުރިއިރު ޝޯމިއަށް ދެއްކޭނެ ވަކި މޮޅަކަށް ވާނީ ކޮން ކަމެއްބާ އެވެ. އެހެން ނަމަަވެސް ޝޯމީގެ އުފެއްދުންތަކާ މެދު ގިނަ ބަޔަކު ދެކެނީ ޖީބަށް ކަތާވަރު ވާނެ ކަމަށެވެ. ފެންވަރު ވެސް ދަށެއް ނުވާނެ އެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން އިއާބަޑް ކޮޕީކުރަން ފެށީ އެޕަލްއިންނެވެ. އެޕަލްއިން އުފައްދާ ފެންވަރުގައި ޑިވައިސްއެއް އެހެން ކުންފުނިތަކުން އުފައްދަން ބޭނުން ނުވި ނަމަވެސް ކޮންމެ ޑިވައިސްއެއް ވެސް މާކެޓްގައި ހިނގަނީ އެއެއްޗެއްގެ ފެންވަރުންނެވެ. އެޕަލްއަށް އެހާ ބޮޑު ތަރުޙީބެއް ލިބެނީ ފަރުވާތެރިކަމާއެކު އުފެއްދުމުގެ ސަބަބުންނެވެ.

ޝޯމީ އިއާބަޑާ ބެހޭ ގިނަ ތަފުސީލުތަކެއް އަދި ނެތް ނަމަވެސް ބުނެވެނީ ވާވޭ އަދި ވަންޕްލަސް ފަދަ ކުންފުނިތަކާ ވާދަކުރާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345