ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

Apr 7, 2021
4

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނާއި އެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ހިދުމަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ހުރިހާ ފަރާތް ތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލަށެވެ.

އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.