ބޭންކް އޮފް މޯލްޑިވްސް

ރޯދަމަހު ބީއެމްއެލްގެ ހިދުމަތްތައް ދޭ ގަޑިތައް އާންމުކޮށްފި

ރޯދަމަހު ބެންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ދޭ ގަޑިތައް އާންމު ކޮށްފި އެވެ.

އެގޮތުން ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިހާރެކޭ އެއްފަދައިން 24 ގަޑިއިރު ލިބިގެން ދާނެ ކަމަށް ބެންކުން ބުނެ އެވެ. އަދި ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް ބުނެ އެވެ.

ބެންކުގެ ވަކި ހިދުމަތްތަކަކަށް ވަކި ވަގުތުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ) އާއި، ޗެކް ޕްރޮސެސް ކުރުމާއި، ލޯކަލް ޓްރާންސްފާ އަދި ފައިސާ ދެއްކުމުގެ ހިދުމަތްތައް ލިބޭނީ ކޮންމެ ދުވަހަކު ވެސް 11:00 ގެ ކުރިން ލިބޭނެ ކަމަށް ބެންކުން ބުނެ އެވެ.

އަދި ޖަމާކުރާ އެހެން ބެންކުތަކުގެ ޗެކްތައް ޕްރޮސެސް ކުރެވޭނީ ހެނދުނު 10:00 ގެ ކުރިން ކަމަށް ވެސް ބުންޏެވެ.

މި ވަގުތުތަކަށް ފަހު ލިބޭ ހުށަހެޅުންތައް ނިންމައިދޭނީ ދެން ބެންކު ހުޅުވޭ ދުވަހަކުންކަން ވެސް ބެންކުން ފާހަގަކުރި އެވެ.