ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑާ ބެހޭ ގޮތުން ޝީއާ މަޝްވަރާއެއް ނުކުރަން: ބައިޑަން

އެމެރިކާގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ހިންގާ ޕްރޮގްރާމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ކޮވިޑްގެ އާ ވައްތަރުތައް ފެތުރުން ބާރުވެފައި ކޮންޓްރޯލް ކުރަން ދަތި ކަމަށެވެ. އަދި ވައިރަހުގެ ނުރައްކާތެރިކަމާ މެދު އިންޒާރު ދެއްވައި ރައްކާތެރިވެ ތިބުމަށް އެދިވަޑައިގަތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޚަބަރު އިދާރާތަކުން ބައިޑަންއަށް އެކި ކަހަލަ ސުވާލު ހުށަހެޅި އެވެ. ސްކައި ނިއުސްއިން ކުރި ސުވާލަކީ، ކޮވިޑް އުފެދިގެން އައީ ޗައިނާގެ ވުހާނުން ކަމަށް ބުނެވޭއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި، ކޮވިޑް އުފެދުނު ގޮތާ މެދު ސުވާލު ކުރެއްވިންތޯ އެވެ؟

އެ ސުވާލަށް ބައިޑަން ޖަވާބު ދެއްވި އެވެ. ވިދާޅުވީ ނޫނެކޭ އެވެ. އެއަށް ފަހު ކޮންފަރެންސް ރޫމްގައި މަޑު ނުކުރައްވައި ބައިޑަން ވަޑައިގަތީ އެވެ.

ސްކައި ނިއުސްއިން ކުރި އެ ސުވާލު އިވިވަޑައިގަތުމުން ބައިޑަންއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިވަޑައިގަތެވެ. އެތަން ދޫކުރައްވައި އެހާ އަވަހަށް ވަޑައިގަތީ އެ ސުވާލާ ގުޅުންހުރި ސުވާލުތައް ގިނަވެ، މައުލުގައި ނެތް ވާހަކައެއް ވިދާޅުވެވިދާނެތީ ކަމަށް ބެލެވެ އެވެ.

ވައިޓް ހައުސްއިން ކުރިން ބުނި ގޮތުގައި ފެބްރުއަރީ 10 ގައި ބައިޑަން އާއި ޝީ ފޯނުން މަޝްވަރާ ކުރެއްވި އެވެ. އަދި އިންސާނީ ހައްގުތަކާއި ކޮވިޑާ ގުޅުން ހުރި މައުލޫތަކަށް ޚިޔާލު ބަދަލު ކުރެއްވި އެވެ. ސްކައި ނިއުސްއިން ސުވާލު ބައްޓަން ކުރީ އެ ބުނުމަށެވެ.