ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ފުރަތަމަ ޑޯޒް 267،795، ދެވަނަ ޑޯޒް 15،131 މީހަކަށް

0%
0%
0%

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 15،131 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މދިޔަ އާދިއްތަ ދުވަހު އެވެ. އެޗްޕީއޭ އިން މިރޭ ބުނީ މިއަދު 2180 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. މިއަދަކީ ހުކުރު ދުވަސްވީމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިއަދު 42،560 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 267،795 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ ބަޔަކަށެވެ. އެ މީހުންނަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އާދިއްތަ ދުވަހު ވެކްސިން ފަށާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011