ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކިނބިދޫ މޮނިޓަރިންއަށް ގެންގޮސްފި

Apr 11, 2021

ތ. ކިނބިދޫން ނެގި ސާމްޕަލްތަކެއް ކޮވިޑް 19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކިނބިދޫން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެރަށަށް މީހުން އަރާ ފޭބުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

ކިނބިދޫން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވި ކަން އެނގުނީ ހުންނާތީ ޑޮކްޓަރަށް ދައްކަން ދިއުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ.

ޕޮޒިޓިވްވި ފަސްވަނަ މީހަކީ ތ. ވޭމަންޑޫ އިން ކިނބިދޫ އަށް ދިޔަ މީހެކެވެ. ވޭމަންޑޫ އަކީ އެޗްޕީއޭ އިން މޮނިޓަރިން އަށް މިހާރު ވެސް ގެންގޮސްފައިވާ ރަށެކެވެ.

ކިނބިދޫގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.