އެންޑީއޭ

އަމިއްލަގޮތުން ރީހެބް ހިންގަން ހުޅުވާލައިފި

Apr 12, 2021

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން އަމިއްލަގޮތުން ރިހިބިލިޓޭޝަން ސެންޓަރު (ރީހެބް)ތައް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ޑްރަން އޭޖެންސީއިން މިއަދު ހުޅުވާލައިފި އެވެ.

މަސްތުވާތަކެއްޗާއިބެހޭ ގާނޫނުގެ ދަށުން ރީހެބް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކުން ގާއިމްކޮށް ހިންގުމުގެ ފުރުސަތު ލިބެއެވެ.

ރީހެބްތައް ހިންގުމަށް ޝައުގުވެރިިވާ ފަރާތްތަކަށް އެކަމާ ގުޅޭ މައުލޫމާތު މިމަހުގެ 25 ވަނަ ދުވަހު އެންޑީއޭ ހިންގާ މ. ގްރީންގެއިން ދޭނެއެވެ. އަދި އެފަދަ ތަންތަން ހިންގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެންޑީއޭއިން ހުޅުވާލި ފުރުސަތުގެ ދަށުން ބޭނުން ރަށެއްގައި ރީހެބާއި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ލިބޭއިރު އެންޑީއޭއިން މިހާރު ހިންގާ އެފަދަ ތަންތަން ހިންގުމުގެ ފުރުސަތުވެސް އަމިއްލަ ފަރާތްތަކަަށް ދެން ލިބޭނެ އެވެ.

ރާއްޖޭގެ ހަތަަރު ސަރަހައްދެއްގައި ޖުމްލަ ހަތަރު ޑިޓޮޮކްސް ސެންޓަރު ހުރެއެވެ. އޭގެ އިތުރުން ކ. ހިންމަފުށީފައި ރިހިބިލިޓޭޝަން ސެންޓަރަކާއި މަސްތުވާތަކެތި ބޭނުންކުުރުމަށް ފަހު މުޖުތަމައުއަށް ނުކުތުމުގެ ކުރިން ހުނަރުތައް ދަސްކޮށްދިނުމަށް " ހާފްވޭ ހައުސްއެއް" ހުޅުމާލޭގައި ހިންގަ އެވެ.

އަމިއްލަ ފަރާތްތަކަށް ރީހެބްތައް ހިންގަން ހުޅުވާލިއިރު އެންޑީއޭ އިސްލާހު ކުރަން ގޮވާލައި މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅަައިފަ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ، "ހޭންޑްސް ޓްގެދާ" އިން ހުށަހެޅި ޕެޓީޝަންގައި ބުނީ އެންޑީއޭއިން އަދިވެސް ގެންގުޅެނީ އެންމެ ކުރީގެ އުސޫލުތަކާއި ނިޒާމްތައް ކަމަށާއި އަދި އެންޑީއޭގެ ވެރިންގެ ނާގާބިލްކަމުން ޒުވާން ޖީލެއް ހަލާކުވެގެންގޮސްފައިވާ ކަމަށެވެ.