އެންޑީއޭ

ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅަނީ

އެންޑީއޭއާއި ޑްރަގް ކޯޓާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންޑީއޭ
0%
0%
0%

ޑްރަގް ފަރުވާ ހޯދުމަށް ކޯޓުން އަމުރުކުރާ މީހުން ފަރުވާގެ މަރުހަލާގައި އެއްބާރުލުން ނުދޭނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފި އެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނީ ޑްރަގް ކޯޓާއެކު ބޭއްވި ބައްދުލުވުމެއްގައި ޑްރަގު ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރި ކަމަށެވެ. އެގޮތުން ފަރުވާއަށް ހުކުމް ކުރާ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން މަޝްވަރާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެންޑީއޭއިން ބުނީ އޭގެ ސަބަބުން ޑްރަގު ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެ، ފަރުވާ ލިބިގަންނަ މީހުންނަށް ފައިދާކުރާނެ ކަމަށެވެ.

ރީހެބިލިޓޭޝަންގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެކަމަށް މިއަހަރު ހާއްސަކޮށްފައިވާ 117 މިލިއަން ރުފިޔާގެ ބަޖެޓަށް 30 މިލިއަން ރުފިޔާ އިތުރުކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަނީ އަދި އިންތިޒާމުކުރަނީވެސް ސަރުކާރުން ދޭ ފައިސާ އިންނެވެ.

ޑްރަގު ކޯޓާއި އެންޑީއޭ ގުޅިގެން ޑްރަގު ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ދެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށްވެސް ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އެންޑީއޭއިން މައުލޫމާތުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345