ދިރާގު

ރޯދަމަހަށް ދިރާގުން އޮފާތަކެއް

މުއާސަލާތީ މައި ކުންފުނި، ދިރާގުން ރޯދައާ ގުޅުވައި ހާއްސަ އޮފާތަކެއް ތައާރަފު ކޮށްފި އެވެ.

ދިރާގުން ބުނީ ރޯދަމަހު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް 45ރ. އަށް "ރޯދަ 10 ޖީބީ" ގެ އެފްބީބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށާއި ބޫސްޓާ އެކްޓިވޭޓް ކުރުމުން މަސް ނިމެންދެން ބޭނުނުން ކުރެވޭނެ ކަމަށެވެ.

އަދި މޮބައިލް ކަސްޓަމަރުންނަށް 200ރ. އަށް "ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް" އަދި 300ރ. އަށް "ރޯދަ ހަތް ޖީބީގެ ބަންޑަލް" އެކްޓިވޭޓް ކުރެވެ އެވެ. މި ޑޭޓާ ބަންޑަލްތައް އެއް މަސް ދުވަހު ބޭނުން ކުރެވޭނެ އެވެ.

އިތުރަށް ބުނީ ރޯދަ ޑޭޓާ ބޫސްޓާތަކާއި ބަންޑަލްތައް ވިއްކައިގެން އެކުންފުނިން ކުރާ ހަރަދުގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަހަރު ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.