މޯލްޑިވްސް ޕޮލިސް ސާވިސް

ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިިރިހެނަކާއި 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ. ނަމަވެސް އެކަން ހިނގީ އިންތިހާބާ ބެހޭ މައި މަރުކަޒުގެ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ބޮޑު ހަމަނުޖެހުމެއް ހިނގި ފަހުންނެވެ.

ވޯޓްފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައި ވަނިކޮށް މަސްރަހު އިތުރަށް ގޯސްވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ސަރަހައްދަށް ވަޑަައިގަތުމުންނެވެ.