މޯލްޑިވްސް ޕޮލިސް ސާވިސް

މޫކޭއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ފަށައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ފަށައިފި އެވެ.

މޫކޭ ވިދާޅުވީ އޭނާއަށް މީހަކު މަރުގެ އިންޒާރު ދިނީ ދަރިފުޅާ އެކު ސައިކަލްގައި އިއްޔެ ހަވީރު ތަނަކަށް ވަޑައިގަންނަވަނިކޮށް ކަމަށެވެ. އިންޒާރު ދިނުމުގެ ކުރިން އޭނާއާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މާރާމާރީ ހިންގާފައި ކަމަށްވެސް މޫކޭ ވިދާޅުވި އެވެ.

މޫކޭ ވަނީ އޭނާއަށް ހަމަލާ ދިން ކަމަށް ބުނާ މީހާގެ ފޮޓޯވެސް ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މޫކޭއަށް ހަމަލާދީ މަރުގެ އިންޒާރު ދިން މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނި ނަމަވެސް މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެ އެވެ.