ދިރާގު ޓީވީ

ދިރާގު ޓީވީގެ އާ ޕްރޮމޯޝަނެއް ފަށައިފި

އިތުރު ހަރަދަކާއި ނުލާ ދިރާގުޓީވީން ޗެނަލްތައް ބެލޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ "ދިރާގު ރޯދަ ހަދިޔާ" ގެ ނަމުގައި ފަށާފައިވާ ޕްރޮމޯޝަނެކެވެ. ދިރާގުގެ މި ޕްރޮމޯޝަނުގައި ގޯލްޑް ޕެކޭޖުން 150ރ. ގެ ޑިސްކައުންޓެއް އަންނަ މަހު ދޭނެ އެވެ.

އަލަށް ލިބިފައިވާ ޗެނަލްތައް ހިމަނައިގެން ތައާރަފު ކޮށްފައިވާ ގޯލްޑް ޕެކުގެ އަގަކީ 450ރ. އެވެ.

މި ޕްރޮމޯޝަން ފެށި އިރު ދިރާގުޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވެސް ކުރިޔަށް އެބަދެއެވެ. އެ ޕްރޮމޯޝަނުގައި ފިކްސް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގުޓީވީ ހިލޭ ގުޅައިދީ ޑީކޯޑަރު ވެސް ދެއެވެ.

އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވެއެވެ. އެ މުއްދަތުގައި ކަނެކްޝަނަށް އެދޭ މީހުންގެ ތެރެއިން 20 ނަސީބުވެރިޔަކަށް ހަ މަސް ދުވަހަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ދޭނެ އެވެ.

ދިރާގު ޓީވީގައި 100 އަށްވުރެ ގިނަ ޗެނެލް ހިމެނޭ އިރު ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ހިދުމަތް ދެއެވެ.