ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަ ރަށެއްގައި ޕޮޒިޓިވް ރޭޓް މަތި

މާލެ ފިޔަވައި އާބާދީގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ސާމްޕަލް ޕޮޒިޓިވްވި ރޭޓް މަތިވެފައިވާ ހަ ރަށެއް އެޗްޕީއޭ އިން އިއުލާނު ކޮށްފި އެވެ.

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވެ އެވެ. އެ އުސޫލެއް އާންމު ކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެ ރަށަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުނަށް ކަރަންޓީނާ ނުލައި ދެވޭނެ އެވެ.

ނަމަވެސް އެފަދަ މީހުނަށް ދަތުރު ކުރެވޭނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ މަތި ރަަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓާއެކު އެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ މީހުންނާއެކު ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާނެ އެވެ.

މިވަގުތު ޖުމްލަ 11 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވީ ނަމަވެސް ފަސް ޕަސެންޓަށްވުރެ މަތި ޕޮޒިޓިވް ރޭޓް މަތިވެފައި ވަނީ މާލެ ސަރަހައްދު ނުލައި ޖުމްލަ ހަ ރަށެކެވެ.

ފަސް ޕަސެންޓަށްވުރެ ޕޮޒިިޓިވް ރޭޓް މަތި ރަށްތައް

  • ޅ. ނައިފަރު
  • ތ. ވޭމަންޑޫ
  • ބ. މާޅޮސް
  • ކ. ހުރާ
  • ކ. ދިއްފުށި
  • އަދ. މާމިނގިލި
  • މާލެ ސަރަހައްދު

ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީންވާންވެސް ނުޖެހޭނެ އެވެ.