ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 71 އަށް

Apr 20, 2021

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން މަރުވެފައިވަނީ ކ. ދިއްފުށްޓަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭ އިން ބުނީ އޭނާ މަރުވީ ރޭ 11:25 ހާއިރު ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވި 71 ވަނަ މީހާ އެވެ.

ކޮވިޑްގެ ހާލަތު އަތޮޅު ތެރޭގައި ގޯސްވެ، ގިނަ ރަށްތަކެއް ވަނީ މޮނިޓަރިން އަށް ގެންގޮސްފަ އެވެ. އެހެންކަމުން ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްޕީއޭ އިން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.