ލޯކަލް ޓޫރިޒަމް ފުޅާކޮށްފަައި އޮތް ކ. މާފުށިން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ އިއްޔެ އެވެ. އިއްޔެ އެ ރަށުން ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. އޭގެ ފަހުން މިއަދު ކުރި ޓެސްޓްތަކުން އިތުރު 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ މާފުށީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ކޮވިޑް ކޭސްތައް ހުރި ރަށްތައް
- އއ. މަތިވެރި - 10 އެކްޓިވް ކޭސް
- އދ. މާމިގިލި - ފަސް އެކްޓިވް ކޭސް
- ކ. ދޫނިދޫ - 15 އެކްޓިވް ކޭސް
- ކ. މާފުށި - 11 އެކްޓިވް ކޭސް
- ކ. ހިންމަފުށި - ފަސް އެކްޓިވް ކޭސް
- ތ. ވޭމަންޑޫ - 10 އެކްޓިވް ކޭސް
- ތ. ކިނބިދޫ - ހަތަރު އެކްޓިވް ކޭސް