ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލައެއް ބަލަމުން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މި ހަބަރު ދިނީ އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. އޭގައި ބުނެފައި ވަނީ އެ ކުޑަ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ކަށަވަރު ކުރަން ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި ނަފްސާނީ ގޮތުން އެއްވެސް އަސަރެއް ކޮށްފައިވޭތޯ ބަލަން ސައިކޮލޮޖިސްޓަކަށް ދައިކައި ސައިކޮލޮޖީ ރިޕޯޓާއި އަދި ހަދަން ޖެހޭ އެހެން ރިޕޯޓްތައް ހަދަމުން އަންނަ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަރަށް ގިނަ އެވެ. އަދި ފަހަކަށް އައިސް އެ ކުށް ކުރާ ބިދޭސީންގެ ނިސްބަތް ވެސް އިތުރެވެ.