އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ މައްސަލާގައި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިިލީހުގެ ރިޔާސަތުގައި އިންންވައި ވާހަކަފުުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވާހާ ހިނދަކު އެމްއެމްޕީއާރުސީގެ މައްސަލަ ނުފޮރުވޭނެ ކަމަށެވެ.

އެކަމުގައި އެއްވެސް މަޖިލިސް މެމްބަރަކަށް ވެސް އަދި ވަޒީރަކަށް ވިޔަސް ހުރަސް ނޭޅޭނެ ކަަމަށާއި އަދި އެ ހިޔާނާތުގެ ހަގީގަތް ހޯއްދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ. އެކަމުގައި މަޖިލީހުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބި ރައްޔިތުން އެކަމަށް އިޖާބަ ދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތު މިހާރު ބައެއް މަޖިލިސް މެމްބަރުންނާއި އަދި ބައެއް ވަޒީރުންނަށް ވެސް ކުރެވެ އެވެ. އެކަން ރައީސް ނަޝީދު ވެސް މިއަދު ފާހަގަކުރެއްވި އެވެ.

"މިލިއަން ޑޮލަރު ނާޖާއިޒް ގޮތުގައި އިއްޒަތްތެރި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް އިދާރާތަކުގެ އެތައް ބަޔަކަށް ލިބުނުކަން ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށް ހުށަހެޅިފައި. 270 މީހުންނަށް ދައުވާ ކުރުމަށް މިހާރުވެސް ވަނީ ފާހަގަވެފައި. އެ ދައުވާތައް ކުރިއަށް ދާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން، އިއްޒަތްތެރި ބައެއް ބޭފުޅުންގެ ގޮނޑި ގެއްލިދާނެ. މަގާމު ވެސް ގެއްލިދާނެ، އަދި އަނެއްބައި ބޭފުޅުންނަށް އިތުރު ގޮތްގޮސް ވެސް ވެދާނެ، އެހެން ނަމަވެސް މި ސަރުކާރު ވެސް މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މި މަސައްކަތް އަޅުގަނޑުމެން ކުރުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި 70،000 މެސެޖު ހިމެނޭ ޕެންޑްރައިވްއެއްގެ ވާހަކަ ނަޝީދު މިއަދު ވެސް މަޖިލީހުގެ ސަމާލު ކަމަަށް ގެންނެވި އެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ އެ މެސެޖްތައް ބައިނަލްއަގުވާނީ ފޮރެންސިކް އެކަައުންޓެންޓުން ލައްވައި އެކަން ތަހުގީގްކޮށް ފައިސާ ތައް ހޯދައި ދިނުމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދިނުމަށެވެ.

އެ ތަހުގީގްތައް ކުރަން ރައީސް ނަޝީދު ބޭނުންފުޅު ވެލައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތުހުމަތުކުރެވޭ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ކުރުމުގައި އުޅުނު ބައިނަލް އަގްވާމީ އޮޑިޓް ކުންފުނި ގްރާންޓްތޯންޓަން ލައްވަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ފައިސާ ހޯދުމުން އޭގެ ބައެއް ގްރާންޓްތޯންޓަން ލިބޭ ގޮތުން އެ ކުންފުންޏާ ހަވާލުކުރެވި ދާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.